ހއ އަތޮޅަށް ހާއްސަ ބީއޭމްއެލް ގެސްޓް ހައުސް ފައިނޭންސިންގ ސްކީމެއް ތަޢާރަފް ކޮށްފިއެވެ.

​​އެކަމަށްޓަކައި ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިންގތަޢާރަފުކުރުމަކީ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށްބާރުވެރިކަން ހޯދައިދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށާއި، އެ ބޭންކުގެ މަޤުޞަދަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށާއި، އައު ފުރުޞަތުތައް އުފެއްދުމަށް އެހީތެރިވުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑްއެންވަޔަރަންމަންޓް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެއިތުރުން ބޭންކުގެ ޗެއަރޕާސަން އަދި ޗީފް ބިޒްނަސް އޮފިސަރބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *