ރޯދަ މަހާ ދިމާކޮށް އުރީދޫއިން ހިންގަނީ ކަރާ ފަޅައިގެން އިނާމު ހޯދުމުގެ ފޯރިފަދަ ހަރަކާތެކެވެ. އެމީހުންގެ އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ވަނީ ހުޅުވާލާފައެވެ.
އެގޮތުން ކަރާ ފަޅައިގެން ފައިސާގެ އިނާމު ފުރަތަމަ ފަހަރަށް މީހަކު ވަނީ ކާމިޔާބުކޮށްފައެވެ.
އުރީދޫއިން ބުނި ގޮތުގައި އިނާމު ހާސިލްކުރި ހުސައިން ޝަހީން އަށް އެކުންފުނިން މިހާރު ވަނީ އިނާމުގެ ވައުޗަރ ހަވާލުކޮށްފައެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ އެޕަށް ވަދެ ކަރާ ފަޅައިގެން އަޖައިބު ކުރުވަނިވި އިނާމުތައް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

