ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވުމަށް ސައިބާ ކްރައިމް ސެންޓަރުން އަނެއްކާވެސް އެދިއްޖެ އެވެ.
ސައިބަރ ކްރައިމް ސެންޓަރުން ބުނީ، ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓްތަކަށް ސަމާލުވުމުގެ ގޮތުން ލިސްޓް ކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއް ކަމަށް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް އެދޭ ކަމަށެވެ.
އަދި ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފަ ހުންނަ މައުލޫމާތު މަދުނަމަ ނުވަތަ އައު ޕްރޮފައިލެއް ނަމަ ނުވަތަ ފްރެންޑްސް މަދު ނަމަ އިތުރަށް ޔަގީން ކުރަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އިތުބާރު ކުރެވޭ ގޮތަށް މުދާ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޙްތިޔާރު ކުރުމަށް އެދި ސައިބަރ ކްރިމް ސެންޓަރުން ވަނީ މިގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތުރަށް ބަލަން ފުރުސަތު ލިބިގެންދާނެ ކަން ފާހަގަކުރައްވާފަ އެވެ.
އަދި ދެ ފަރާތުގެ ރުހުމާއި އެކު ވިޔަފާރި ފުރިހަމަކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

