މާޓް ފިހާރަތައް ހިންގުމުގައި މަގުބޫލުކަން ހޯދާފައިވާ ރެޑް ވޭވުން ބްރޭންޑެޑް އަންނައުނު ފިހާރައެއް ހުޅުވަން ތައްޔާރުވާން ފަށައިފިއެވެ.
ސެންޓްރަލް ބައި ރެޑް ވޭވްގެ ނަމުގައި ހުޅުވާ މަތީ ފެންވަރުގެ ފިހާރައިގައި ޒާރާ އާއި، އެޗްއެންޑްއެމް، އޮއެސިސް، ޕަޑިނީ، ޖީ2000ގެ އިތުރުން ޗާލްސް އެންޑް ކެއިތު ފަދަ ބްރޭންޑްތަކުގެ މުދާ ހުންނާނެ ކަމަށް ރެޑް ވޭވުން ގެންދަނީ އިސްތިހާރު ކުރަމުންނެވެ.
ރެޑް ވޭވުން ބުނީ ލޮލޭޝަނާއި ހުޅުވާ ދުވަސް ވަރަށް އަވަހަށް ސޯޝަލް މީޑިއާއަށް އާންމު ކުރާނެ ކަމަށެވެ. އަދި އެކުންފުނިން ބުނި ގޮތުގައި މި ފިހާރަ ވާނީ ރާއްޖޭގައި މަތީ ފެންވަރުގެ އަންނައުނު ވިއްކުމަށް ޚާއްސަކުރާ މިފެންވަރުގެ ފުރަތަމަ ފިހާރަ ކަމަށެވެ.

