އިންފުލުއެންސަރ މާކެޓިންގެ ޓްރެންޑް

އެންމެ ތިން އަހަރުގެ ތެރޭގައި 2.4 ބިލިއަން ލައިކްސް އާއި 162 މިލިއަން ފޮލޯވަރުންނާ އެކު ޓިކްޓޮކްގައި އެންމެ ގިނަ މީހުން ފޮލޯކުރާ ކްރިއޭޓަރަކަށް ޚަބޭ ލޭމް ވަނީ ވެފަ އެވެ. އަދި މިކަން ކާމިޔާބު ކުރާށެވެ. އޭނާގެ ވީޑިއޯތަކުގައި އޭނާ އެންމެ ބަހެއްވެސް ނުބުނެއެވެ. އެކަމަކު އޭނާއަކީ އިންތިހާއަށް ނުފޫޒު ފަދަ ފަރާތެކެވެ.

މިހާރު ސޯޝަލް މީޑިއާ މާކެޓިންގައި އިންފުލުއެންސަރުންގެ ނުފޫޒު އިންތިހާ ބޮޑެވެ. އެއީ ވިޔަފާރި ވިއަސް، ސިޔާސީ ވިއަސް އިންފުލުއެންސަރުންގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. މިއީ މުޅިން އާ ޓްރެންޑެކެވެ. މުޅިން އާ ސައިކޮލޮޖީއެކެވެ.

ޓޮޕް 5 އިންފްލުއެންސަރ މާކެޓިން ޓްރެންޑްސް

މައިކްރޯ އިންފްލުއެންސަރުން
ޕޮލިޝްކޮށްފައިވާ ކޮންޓެންޓްގެ މައްޗަށް ސައްހަކަން ގަދަވެއްޖެ
ޕޭޑް އިޝްތިހާރުން އިންފްލުއެންސަރ މާކެޓިންއަށް ފައިސާ ދަނީ ބަދަލުވަމުން
ދިގު މުއްދަތުގެ ގުޅުންތަކަށް އާނއެކޭ ބުނަން ޖެހޭ
ވީޑިއޯ ވެގެންދާނީ ޑޮމިނެންޓް ފޯމެޓަކަށް

މި މައުލޫތަކަށް- މިކަންކަމުގެ ފުނަނަށް ފީނާއިރު ވަރަށް ގިނަ ޓެކްނިކަލް ވާހަކަ ދެއްކިދާނެއެވެ. އެބައި ފަހަށް ދޫކޮށްލާނަމެވެ.

ސޯޝަލް މީޑިއާގައި މިހާރުވެސް ރާއްޖޭގައި އިންފްލުއެންސަރުން ދަނީ ގިނަ ވަމުންނެވެ. ޚާއްސަކޮށް ޓިކްޓޮކްގައެވެ. އެހެންނަމަވެސް ޓިކްޓޮކްގެ ކޮންޓެންޓްތަކަށް ބަދަލު ގެންނަން އެބަ ޖެހެއެވެ. ޒުވާބުކުރުމާއި ހުތުބަސް ބޭނުން ކުރުމާއި ނެށުމާއި މަލާމާތްކުރުމާއި ފާޑުކިއުން ފަދަ ކޮންޓެންޓްތައް ދޫކޮށް، ސައިލެންޓް އެހެންނަމަވެސް ޕަވަރފުލް ކޮންޓެންޓް އުފެއްދިދާނެއެވެ. އަޅެ ކުޑަކޮށް ރިސާޗްކޮށްލަ ބަލާށެވެ. ތަފާތު ފެންނާނެއެވެ.