ޕޮއިޒް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓާއި ޕާސަނަލް ކެއާގެ އައިޓަމްތައް ވިއްކާ އެންމެ ބޮޑު އެއް ހޯލްސޭލަރު އަދި ރީޓޭލަށެވެ. ޕޮއިޒުން ގެންދަނީ ތަފާތު މުނާސަބަތުތަކާ ގުޅުވައިގެން ޚާއްސަ ސޭލްތައް ބާއްވަމުންނެވެ. ޚާއްސަކޮށް ޕޮއިޒްގެ ގިފްޓް ފެކް ސޭލަކީ ކަސްޓަމަރުންގެ މެދުގައި ޚާއްސަ ކަމެއް ހޯދާފައިވާ ސޭލެކެވެ.
މިފަހަރުގެ ޢީދަށް ޕޮއިޒުން ވަނީ ތަފާތު ސޭލެއް ފަށާފައެވެ. އެއީ އީދު ގުޅި ސޭލެވެ. ގިފްޓް ފެކް ސޭލް ވެސް މިފަހަރު ކުރިއަށް ދަނީ އީދު ގުޅި ސޭލްގެ ނަމުގައެވެ.
މި ސޭލްގެ މައިގަނޑު އައިޓަމަކީ ސެންޓުގެ ބާވަތްތަކެވެ. އޭގެ އިތުރުން ލޯޝަނާއި އަތަރާއި ބޮޑީ މިސްޓް ފަދަ ބާވަތްތައް ވެސް ހިމެނެއެވެ.
ޕޮއިޒުން ބުނީ މިފަހަރުގެ އީދު ގުޅި ސޭލް އެހެން ފަހަރުތަކަށްވުރެ ތަފާތު ވެފައި އައިޓަމްތައް ގިނަ ވާނެ ކަމަށެވެ.

