ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަންނަ މެއި މަހު ބާއްވަން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025″ ގައި ބައިވެރިވުމުގެ މުއްދަތު އަނެއްކާވެސް އިތިރުކޮށްފި އެވެ.

މެއި 23-31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވަން އިންތިޒާމުކުރަމުންއަންނަ އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އެސެންޓަރުން ކުރިން ވަނީ މިމަހުގެ 31 ގެ ނިއަލަށް އިތުރުކޮށްފައެވެ. އެއަށްފަހު މިހާރު އެސެންޓަރުންވަނީ އެ މުއްދަތު އަންނަ މަހުގެ 15 ގެ ނިއަލަށް އިތުރުކޮށްފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މުއްދަތު އިތުރުކުރަންނިންމީ ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމާއި، ޢީދު ޗުއްޓީއާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނާތީ، ވަރަށް ގިނަ ބަޔަކު އާޢިލީ ޗުއްޓީގެ ގޮތުގައި އެދުވަސްތައް ހޭދަކުރާ ކަމަށް ބެލެވޭތީ، ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަަށެވެ.

މީގެ ކުރިން އެސެންޓަރުންވަނީ މައުރަޒުގައި ތަކެތި ބައިވެރިކުރެވޭ އަދަދު ވެސް ލިމިޓެއް ނެތްގޮތަށް އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *