އިއްޔެ ތައިލެންޑްގެ ވެރިރަށް ބެންގކޮކަށް އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުންނާއި ހެލުމުގައި ލިބުނު ޝޮކުގެ ސަބަބުން ތައިލެންޑް އަދިވެސް އޮތީ ބޮޑު ސިހުމެއްގައެވެ. ޝޮކެއްގަައެވެ.

މިއަންމާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު، އެއް އިންވެގެން އޮންނަ އަވަށްޓެރި ބެންކޮކަށް ކޮށްފައި ވަނީ ރެކްޓަރ މިންގަނޑުން 7.7 އަށްވުރެ ބާރުމިނުގައެވެ. އެކަމުގެ ސަަބަބުން ބައެއް އިމާރާތްތައް ވެއްޓި މަގުތަކުގެ ތާރުތައް ކަނޑައިގެން ގޮސް، މި ނޫންވެސް ގެއްލުންތައް ވިޔަފާރި މަރުކަޒަށް ލިބުނެވެ.

އިއްޔެގެ ހާދިސާއަށް ފަހު ބޮޑެތި ވިޔަފާރިތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް، މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

މިޔަންމާއަށް އަދިވެސް ބިންހެލުންތައް އަންނަމުންދާތީ، ބެންކޮކް އޮތީ އަދިވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ.

ލޯކަލް މީހުންނާއި ބިދޭސީން ވިޔަފާރިކުރާ ބޮޑެތި މާރުކޭޓުތައް ބަންދުކޮށްފައި ވަނީ ރައްކާތެރިވުމަށް ސަރުކާރުން ގޮވާލާފައި ވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. އެގޮތުން ޗައިނާ ޓައުނާއި ސަންޑޭ މާކެޓާއި ބޮބައޭ މާކެޓާއި ބައެއް މަގުމަތީ މާރުކޭޓުތަކުގެ ގިނަ ވިޔަފާރިތައް ހުރީ ބަންދުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *