މިއީ ފޭސްބުކް އިސްތިހާރަކުން ފެނުނު ޖުމްލައެކެވެ. މިވާ ގޮތް އޮޅުން ފިލުވާލަން ވެގެން އިސްތިހާރު ތަފްސީލްކޮށް ދިރާސާކޮށްލީމެވެ. އާނއެކެވެ. ހަމަ ހަގީގަރުގައިވެސް މިހާރު ގޭގައި ހުރެގެންވެސް އާމްދަނީ ހޯދިދާނެއެވެ. މައިރެންޓަލްސް ސަޅިވާނެއެވެ.
ރެންޓްކޮށްލަން ބޭނުންވަނީ ކޮންއެއްޗެއް ކޮން އަގަކަށް ހެއްޔެވެ؟ ފޯނެއް ހެއްޔެވެ؟ ކެމެރާއެއް ހެއްޔެވެ؟ ޕްލޭސްޓޭޝަނެއް ހެއްޔެވެ؟ ކުޅެލާނެ ބޯޅައެއް ހެއްޔެވެ؟ ޕާޓީ ހެދުން ނުވަތަ ކޮސްޓިއުމްސް ހެއްޔެވެ؟ ކޮންމެ އެއްޗެއް ވިއަސް މިހާރު ރެންޓްކޮށްލެވޭނެއެވެ.
ރެންޓަށް ދޭނީ ކިހިނެއް ހެއްޔެވެ؟ އަވަހަށް މައިރެންޓަލްސް ޑޮޓް އެމްވީ ގައި ރަޖިސްޓްރީވެލާށެވެ. ދެން ކުއްޔަށްދޭން ބޭނުންވާ އެއްޗެހި ލިސްޓްކޮށްލާށެވެ. އަދި ދެފަރާތުން އަގަށް އެއްބަސްވެލުމުން އެނިމުނީއެވެ. ރެންޓަން ދިނުމުގެ ހުރިހާ ޒިންމާއެއް އުފުލާނީ މައިރެންޓަލްސް ޑޮޓް އެމްވީ އިންނެވެ.
މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ފުޅާދާއިރާއެއްގައި ހިންގާ ޚިދުމަތެކެވެ. ވިޔަފާރިއެކެވެ. އަމިއްލަ ބޭނުންތަކަށާއި ވިޔަފާރިއަށް ގެންގުޅޭ ސާމާނު ކުއްޔަށް ދީގެން ފައިސާ ހޯދުމެވެ.
ކުއްޔަށް ދޭން ބޭނުންވާ އެއްޗެހި އަވަަހަށް ލިސްޓްކޮށްލާށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *