ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައްވައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމްކުރާ މި މައުރަޒުގައި އައްޑޫ ސިޓީން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ނަން ނޯޓުކުރެވޭނެއެވެ.

ކައުންސިލުން ހާމަކުރެއްވި ގޮތުގައި، ބައިވެރިވުމަށް ނަން ނޯޓުކުރާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅާ ސާމްޕަލްތަކަށް ބަލައި ހޮވާލެވޭ 5 ފަރާތަކަށް ސްޕޮންސަރޝިޕް ދިނުމަށް ވަނީ ނިންމާފައެވެ. މިއީ އައްޑޫ ސިޓީގެ އުފެއްދުންތެރިންނަށް ލިބޭ މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޭޕްރީލް 5 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ލިޔެކިއުންތައް ފުރިހަމަކޮށް ހުށަހަޅަންވާނެ އެވެ. އަދި މައުރަޒުގައި ބައިވެރިކުރާ އުފެއްދުމުގެ ސާމްޕަލް 2025 އޭޕްރީލް 10 ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ހުށަހަޅަންޖެހޭނެ ކަމަށް ކައުންސިލުން ވަނީ އަންގަވާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *