ޕޮއިޒް ޕާފިއުމްގެ ނަން އިވުމުން އިހްސާސާ ކުރެވެނީ މިހެންނެވެ؛

  1. ހެޔޮ އަހުލާގު
  2. އިތުބާރު
  3. ކޮލިޓީ
  4. ކަސްޓަމަރ ރިލޭޝަންސް
  5. ބުރަ މަސައްކަތް

މިއީ ޕޮއިޒްގެ ކޮންމެ ކަސްޓަމަރަކުވެސް ފާހަގަކުރާނެ ކަންކަމެވެ. މިއީ އިއްޔެއަކު މިއަދަކު ހޯދި ކާމިޔާބެއް ނޫނެވެ. ގިނަ މުއްދަތެއްގައި ބުރަ މަސައްކަތުން އާއިލާއަކުން ހޯދި ކާމިޔާބެކެވެ.

ހއ. އިހަވަންދޫއަށް އުފަން މި އާއިލާއިން ކުޑަކުޑަ ސެންޓް ފިހާރައެއް ފުރަތަމަ ހުޅުވީ އަލިކިލެގެފާނު މަގުގައެވެ. އެއީ "ޕޮއިޒް" ނަމަކަށް ކިޔާ ސެންޓްގެ ބްރޭންޑެއް ދުބާއީން ގެނެސް، އެ ޕްރޮމޯޓްކޮށް ވިއްކުމަށްޓަކައެވެ.

އެހިސާބުން ފެށިގެން އެމީހުން ދިޔައީ ކުރިއަށެވެ. އަމިއްލައަށް މުދާ ގެންނަމުން، މާކެޓް ކުރަމުން، ޑެލިވަރީ ކުރަމުން ވިޔަފާރީގައި ދިޔައީ ކުރިއަށެވެ. މީހުންގެ އިތުބާރު ހޯދާ މާކެޓުން ފުޅާ ޖާގައެއް ހޯދިލެއް ވަރަށް އަވަހެވެ. އަހަރެންގެ މި ވާހަކަތައް ޕޮއިޒްގެ ކަސްޓަމަރުން ގަބޫލުކުރާނެއެވެ.

މިހާރު އެމީހުންގެ އަމިއްލަ ދެތިން ފިހާރަ އެބަހުއްޓެވެ. އެތައް ސަތޭކަ ބްރޭންޑެއްގެ ޕާފިއުމްސް މިހާރު އެމީހުންގެ ނަމުގެ ދަށުގައި ލިސްޓްކޮށްފިއެވެ. އެކްސްކްލޫސިވް ރައިޓްސް ނަގައިގެންނެވެ. ހަަމައެކަނި ޕާޕިއުމްސްއެއް ނޫނެވެ. ޕާސަނަލް ކެއަރ އައިޓަމްސް ވެސް މިހާރު ޕޮއިޒްގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ. ހޯލްސޭލްކޮށެވެ. ރޯޓެއިލްކޮށެވެ.

އެމީހުންގެ މުދަލުގެ އަގުތައް ހުންނަނީ އަތްފޯރާ ފަށުގައެވެ. ވަކި އައިޓަމެއް ނޫނެވެ. ހުރިހާ އައިޓަމެއްވެސްމެއެވެ.

ޕޮއިޒްއަކީ ރާއްޖޭގެ ޕާޕިއުމް ވިޔަފާރީގައި އެންމެ ހިނގާ އެންމެ އިތުބާރު ކުރެވޭ ނަމަށް ވެގެން ދިޔައީ ބުރަ މަސައްކަތުންނެވެ. މިހާރުވެސް އެއާއިލާއިން އެކުގައި އެކުރާ މަސައްކަތަކީ ކަސްޓަމަރުންގެ އިތުބާރު ގެއްލުނަ ނުދީ ހިފެހެއްޓުމެވެ. އަހަރެމެންގެ ހެޔޮ ދުއާ ޕޮއިޒްއާއެކުގައިވެއެވެ. ކުރިއަރާ ދާށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *