މި އަހަރުގެ މާރިޗް މަހުގެ 26 ގެ ނިއަލަށް 593،956 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 409،426 ފަތުރުވެރިންނެވެ. 2023 ވަނަ އަހަރު 500،609 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2024 ވަނަ އަހަރު ޒިޔާރަތްކޮށްފައިވަނީ 570،956 ފަތުރުވެރިންނެވެ.

މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 410،028 ފަތުރުވެރިން ރިސޯޓްތަކަށް ޒިޔާރަތްކުރިއިރު 151،393 ފަތުރުވެރިން ޒިޔާރަތްކުރީ ގެސްޓްހައުސްތަކަށެވެ. އަދި 17،172 ފަތުރުވެރިން ހޮޓެލްސް ތަކަށް ޒިޔާރަތްކުރިއިރު 14،936 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޓޫރިސްޓް އުޅަނދު ފަހަރަށެވެ.

އަދި މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 70،797 އަކީ ޗައިނާ މީހުންނެވެ. އެއަށްފަހު 2 ވަނަ އަށް އެންމެގިނައިން މީހުން ޒިޔާރަތްކުރި ރަޝިޔާއިން 63،241 ފަތުރުވެރިން ޒިޔާރަތްކުރިއިރު 3 ވަނ އަށް އެންމެ ގިނައިންމ ފަތުރުވެރިން ޒިޔާރަތްކުރި އިގިރޭސިވިލާތުން 60،872 ފަތުރުވެރިން ޒިޔާރަތްކުރިއިރު 55،377 ފަތުރުވެރިންނާއެކު އިޓަލީވިލާތް އުޅެނީ 4 ވަނާގައެވެ.
އަދި 41،958 ފަތުރުވެރިންނާއެކު 5 ވަނާގައި ޖަރުމަނުވިލާތް އުޅޭއިރު 29،601 ފަތުރުވެރިންނާއެކު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރޭއިން އިންޑިއާ އުޅެނީ 6 ވަނާ ގައެވެ.

މި މުއްދަތުގައި މުލީ ރާއްޖޭގައި 63،453 ޓޫރިސްޓް ބެޑް ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާއިރު ބެޑްތަކުގެ 99 އިންސައްތަ ހުރީ އޮޕަރޭޝަން ގައެވެ.
ބެޑް ކެޕޭސިޓީއަށް ބަލާއިރު 179 ރިސޯޓުގައި ޖުމްލަ ހުރީ 43،907 ބެޑް އެވެ. 838 ގެސްޓްހައުސް ގައި 14،364 ބެޑް ހުރިއިރު 15 ހޮޓެލްގައި 2،038 ބެޑް އަދި 157 ޓޫރިސްޓް އުޅަނދުފަހަރުގައި 3،144 ބެޑު ހުރިކަމަށް ދައްކައެވެ.

