މިއަހަރުގެ ބިލްޑް އެކްސްޕޯ މިއެޕްރިލް މަހުގެ 24-27 އަށް ބާއްވާ ގޮތަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.
ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަ މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި، އެކްސްޕޯ ބޭއްވުމަށް ޚާއްސަކޮށްފައިވާ ޖާގައިގައެވެ.
ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އެކަށީގެންވާ އަދަދަކަށް ބައިވެެރިވާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

