ބާޒާރުގައި މިރުސް ތިޔާގިވެ މިރިުހުގެ އަގު ކިލޯއެއް 50 ރުފިޔާއަށް ދަށް ވެއްޖެއެވެ.
ރަމަޟާންމަސް ފެށުނު އިރު މިރުހުގެ އަގު ހުރީ ކިލޯއެއް 350 ރުފިޔާއަށެވެ. ނަމަވެސް ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މިރުހުގެ އަގު ވަނީ ކިލޯއެއް 150 ރުފިޔާއަށް ދަށްވެފައެވެ. އެއަށްފަހު މިހާރު ބާޒާރުގައި މިރުސްކިލޯއެއް ހުރީ 50 ރުފިޔާއަށް ދަށްވެފައެވެ،
ބާޒާރުގައި މިރުހުގެ އަގުތަށް އެހާބޮޑަށް ދަށަށް ގޮސްފައިވަނީ ރާއްޖޭގައި އެންމެ ގިނައިން މިރުސް ހައްދާ ތ އަަތޮޅާއި ލ އަތޯލުން ގިނަ އަދަދަކަށް މީހާރު މިރުސް ސަޕްލައި ކުރަމުންދާތީއެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާގައިވެސް މި އަގުގައި ބާޒާރުން މިރުސް ލިބެންހުންނާނެކަމަށް ލަފާކުރެވެއެވެ.

