އެއާބަސް ބަސް އިން މާޗު މަހުގެ ތެރޭގައި 70 ޖެޓް އިންޑަސްޓްރީއަށް ސަޕްލައިކޮށްފައިވާ ކަމަށް ރޮއިޓާސްއިން ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 11 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެންނަމަވެސް އެއާ ބަސްގެ ޓާގެޓަށް ބަލާއިރު މިއީ މާ އުފާވެރި ހިސާބެއް ނޫނެވެ.  

އެއާބަސް އިން މުޅި އަހަރަށް އަމާޒު ހިފާފައިވަނީ 820 ޑެލިވަރީ އަށެވެ.

މާޗް މަހުގެ ސަޕްލައި މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ އިތުރު ނަމަވެސް، އެއާބަސް އިން ޓާގެޓްކޮށްފައިވަނީ މާޗް މަހުގެ ސަޕްލައި 140 އިން މަތީގައި ބެހެއްޓޭތޯއެވެ. އެހެންނަމަވެސް އެ ލަނޑުދަނޑި ހާސިލެއް ނުވިއެވެ. 

އެއާބަސް އިން ބުނީ ފުރަތަމަ ކުއާޓަރުގެ ޑެލިވަރީއަށް ހުރަސް އެޅުނީ މައިގަނޑު ގޮތެއްގައި އެ ކުންފުނީގެ އެންމެ ބޮޑު ސަޕްލަޔަރު ސީއެފްއެމް (ޖީއީ) އިން އިންޖީނު ފޯރުކޮށްދިންލެއް މަދުވުމުގެ ސަބަބުންނެވެ. 

ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި އެއާބަސްގެ ސަޕްލައި ދަށްވުމުގެ ސަބަބުން އިންޑަސްޓްރީގެ ދުވެލި ދަނީ މަޑުވަމުން، ޝަކުވާގެ އަޑު ގަދަވަމުންނެވެ. އެހެންނަމަވެސް އެއާބަސްއިން ދައްކަނީ އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ބަހަނާތަކެކެވެ. އެކަމާ ޖެޓްގެ އިންތިޒާރުގައި ތިބި އިންޑަސްޓްރީގެ ބައިވެެރިންގެ ނުރުހުން ވަރަށް ބޮޑުކަމަށްް ރޮއިޓާސްއިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *