ޓިކްޓޮކާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ވައިޓްހައުސް ގައި ބާއްވަން ހަމަޖައްސައިފި އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ ޗައިނާ ނޫން އިންވެސްޓަރަކު ހޯދުމަށް ނުވަތަ އެމެރިކާ ގައި ޓިކްޓޮކް މަނާކުރުމާ ކުރިމަތިލާން ޓިކްޓޮކާ ގުޅޭ އެންމެ ފަހުގެ ހުށަހެޅުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ސީބީއެސް ނިއުސްގެ ރިޕޯޓެއްގައި މި ބައްދަލުވުން ކަށަވަރުކޮށްދެއްވަމުން އޮފިޝަލް ވިދާޅުވީ އޯވަލް އޮފީހުގައި ނައިބު ރައީސް ޖޭޑީ ވެންސް އާއި ކޮމާސް ސެކްރެޓަރީ ހޮވާޑް ލުޓްނިކް އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް އަދި ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގަބާޑް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

ޕްރައިވެޓް އިކުއިޓީ ފާމް ބްލެކްސްޓޯން އިން ޓިކްޓޮކްގެ އެމެރިކާގެ ވިޔަފާރީގެ ބިޑަށް އާ ކެޕިޓަލް ކޮންޓްރިބިއުޓް ކުރުމަށް ސަސްކުއެހާނާ އިންޓަނޭޝަނަލް ގްރޫޕާއި ޖެނެރަލް އެޓްލާންޓިކް އިސްކޮށް ހަރަކާތްތެރިވާ ބައިޓްޑާންސްގެ މިހާރު ތިބި ޗައިނާ ނޫން ހިއްސާދާރުންނާ ގުޅެން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރޮއިޓާސް އިން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.

އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވީ އެމެރިކާގެ 170 މިލިއަން މީހުން ބޭނުންކުރާ ކުރު ވީޑިއޯ އެޕް ވިއްކުމަށް ބައިޓްޑާންސާއެކު އެއްބަސްވުމެއް އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ހަދާނެ ކަމަށެވެ.

އެމެރިކާގެ ވެންޗާ ކެޕިޓަލް ފާމް އަންދްރީސަން ހޮރޯވިޓްޒް ޓިކްޓޮކްގައި އިންވެސްޓް ކުރުމަށް މަޝްވަރާ ކުރަމުން ދަނީ ޓްރަމްޕް އިސްވެ ހުންނަވައިގެން އެ އެޕްލިކޭޝަންގެ ކޮންޓްރޯލް ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކަމަށް ފައިނޭންޝަލް ޓައިމްސް އިން އަންގާރަ ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.

ރޮއިޓާސް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރައިވެޓް އިކުއިޓީ ފާމް ބްލެކްސްޓޯން އިން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގައި ކުޑަ މައިނޯރިޓީ އިންވެސްޓްމަންޓެއް ކުރުމަށް އިވެލުއޭޓް ކުރަމުން އަންނަ ކަމަށެވެ.

ޓްރަމްޕް މިދިޔަ މަހު ވިދާޅުވެފައި ވަނީ ޓިކްޓޮކް އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭ ގޮތުން އޭނާގެ ސަރުކާރުން ތަފާތު ހަތަރު ގްރޫޕަކާ ގުޅުން ބަދަހި ކުރަމުން އަންނަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *