ނެޓްފްލިކްސް އިން މިއަދުވަނީ ޓީވީ ބެލުންތެރިންނަށް ބަހުގެ އިތުރު އޮޕްޝަންތަކެއް ތައާރަފުކޮށްފައެވެ،

ނެޓްޕްލިކްސް އިން ބުނީ މި އަޕްޑޭޓްގެ މަގުސަދަކީ އެ ކުންފުނީގެ އެޕްލިކެޝަން ބޭނުންކުރާ މީހުންގެ 3 ބައިކުޅަ 2 ބައި މީހުންނަކީ އިނގިރޭސިބަސް ޏުން ބނަސްތައް ބޭނުންކުރާ މީހުންނަށްވާތީ އެމީހުންނަށް ނެޓްފްލިކްސްގެ ގްލޯބަލް ކެޓަލޮގް އިތުރަށް އެކްސެސް ކުރެވޭ ގޮތަށް ހެދުން ކަމށެވެ.

އެގޮތުން ދެކުނު ކޮރެއާގެ ޑްރާމާ "ސްކުއިޑް ގޭމް"، ސްޕެއިންގެ ސިލްސިލާ "ބާލިން" އަދި އޮސްކާ އެވޯޑް ހޯދި ޖަރުމަނުގެ ފިލްމު "އޯލް ކުއިޓް އޮން ދަ ވެސްޓަން ފްރަންޓް" ފަދަ މަޝްހޫރު ޓައިޓަލްތަކަށް ބަހުގެ ވަސީލަތްތައް ލިބުމުގެ ސަބަބުން އެ މީހުން ނިސްބަތްވާ ގައުމުން ބޭރުން އެ ޑްރާމަތަށް ބަލްން ބޭނުންވާމީހުން ޝައުގުވެރިުކުރުވުން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ނެޓްފްލިކްސް އިން ބުނީ އެ ކުންފުނީގެ ކެޓަލޮގްގައި 33 ބަހަކުން ސަބްޓައިޓަލް އަދި 36 ބަހަކުން އޯޑިއޯ ޑަބިން ލިބޭނެ ކަމަށާއި ނަމަވެސް ލިބެން ހުރި ބަހުގެ ސީދާ އަދަދު ޓައިޓަލުން ތަފާތުވެދާނެ ކަމަށެވެ.

މޮބައިލް ޑިވައިސްތަކާއި ވެބް ބްރައުޒާތަކުން މިހާރުވެސް މި ފީޗާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *