ޗައިނާގެ މަޝްހޫރު އެއް އޮންލައިން ޕްލެޓްފޯމް "ޓީމޫ"އިން ރާއްޖެއަށް ޝިޕިންގެ ހިދުމަތް ފަށައިފި އެވެ.
ސައުތު އޭޝިއާގެ ސަރަހައްދުތަކަށް ޓީމޫގެ ހިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭއިން ޓީމޫގެ ޝިޕިންގެ ހިދުމަތް ރާއްޖެއަށް ފަށާފާއިވާއިރު ޓީމޫ އަކީ މިހާރު އެމެރިކާ އާއި ޔޫރަޕްގައިވެސް ނަން މަޝްހޫރު އޮންލައިން ވިޔަފާރިކުރާ އީކޮމާސް ޕްލެޓްފޯމެކެވެ.
ކަސްޓަމަރުންނަށް ފަސޭހައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ޕްލެޓްފޯމް ތަކުގައި ތަކެއްވަށް އޯޑަރ ކުރުމާއި ފައިސާ ދެއްކުމުގެ އިތުރުން ގަންނަ ތަކެތި ޓްރެކް ކްރެވޭނެ ފީޗާތައްވެސް ހިމަނާފައިވެއެވެ.
ޓީމޫ އިން ރާއްޖެއަށް ޝިޕިން ގެ ޙިދުމަތް ފަށާފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅިގެން ނެވެ. އެހެންކަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް މެދުވެރިކޮށް ޓީމޫގެ ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި ހޯމްޑެލިވަރީ އަދި ކައުންޓާ ޑެލިވަރީ މެދުވެރިކޮށް ލިބިގެންދާނެއެވެ.

