ތައިލެންޑުގެ އަހަރީ އިންފްލޭޝަން ރޭޓް މާޗް މަހު އެއް ޕަސެންޓަށް ވުރެ ދަށަށް ގޮސްފައިވާއިރު، މި ކުއާޓަރުގައި އެ އަދަދު މިއަށްވުރެ ވެސް ދަށްވާނެ ކަމަށް އެ ގައުމުގެ ކޮމާސް މިނިސްޓްރީން ބުނެފި އެވެ.
ޓްރޭޑް ޕޮލިސީ އެންޑް ސްޓްރެޓެޖީ އޮފީހުގެ ހެޑް ޕޫންޕޮންގް ނައިޔަނަޕަކޯން ވިދާޅުވީ ހަކަތައިގެ އަގު ދަށްވުމުގެ ސަބަބުން ދެވަނަ ކުއާޓަރުގައި އިންފްލޭޝަން ރޭޓް ގާތްގަނޑަކަށް 0.15 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.
މިދިޔަ މާޗް މަހު ހެޑްލައިން ކޮންސިއުމާ ޕްރައިސް އިންޑެކްސް 0.84 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މާޗް މަހު ސީޕީއައިގެ މައިގަނޑު ރޭޓް ހުރީ 0.86 ޕަސެންޓުގަ އެވެ. ފުރަތަމަ ކުއާޓަރުގައި ހެޑްލައިން އިންފްލޭޝަން ރޭޓް ހުރީ 1.08 ޕަސެންޓުގަ އެވެ.
ޕޫންޕޮންގް ވިދާޅުވީ މިދިޔަ އަހަރުގެ އެއްމެ ދަށަށްދިޔަ 0.40 އިންސައްތަގެ ރޭޓަށްފަހު 2025 ވަނަ އަހަރުގެ ހެޑްލައިން އިންފްލޭޝަން އަންދާޒާ ކުރާ މިންވަރު 0.3 އިންސައްތައާއި 1.3 އިންސައްތައާއި ދެމެދުގެ މިންވަރެއްގައި ހުންނާނެކަމަށް މިނިސްޓްރީން ލަފާކުރާ މިންވަރު ތަންކޮޅެއް ކުޑަކުރާނެކަމަށެވެ.
މިދިޔަ ހަފުތާގައި ބެންކޮކަށް އައި ބިންހެލުމުގައި އިންފްލޭޝަނަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް އުސް ބޯހިޔާވަހިކަމުގެ ކުލީގެ އަގުތައް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ބޭންކް އޮފް ތައިލެންޑުން ވަނީ އެ ބޭންކުގެ ކީ އިންޓްރެސްޓް ރޭޓް 25 ބޭސިސް ޕޮއިންޓް ދަށްކޮށް 2 ޕަސެންޓަށް ކުޑަކޮށްފަ އެވެ. ބައެއް އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި މި ބިންހެލުމާއި އެމެރިކާގެ ޓެރިފްތައް ނެގުމުގެ ސަބަބުން އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ބީއޯޓީގެ ދެން އޮންނަ ޕޮލިސީ ރިވިއުގައި އަނެއްކާވެސް ކުޑަކުރެވޭނެ އެވެ.

