އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި ލަންކާގެ މިހާރުގެ ރައީސް ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމާ މެދު ފުން މަޝްވަރާތަކެއް ކޮށްފިއެވެ. އެމަޝްވަރާތަކުގެ އެންމެ އިސް އެޖެންޑާއަކީ ލަންކާ އަލުން ނަގާ ކޮޅަށް ޖެހުމެވެ. އެއީ ސަރަހައްދީ ބޮޑު އިގްތިސާދެއް މަރުވެ ދިޔަ ނުދިނުމަށްޓަކައި ކަމަށް މޯދީ ވިދާޅުވިއެވެ.
ލަންކާގެ ރައީސް ވިދާޅުވީ އިންޑިއާގެ އެހީތެރިކަމާއެކު ލަންކާއަށް ހިންދަމާލައި، ހަމަ އިސްކޮޅަށް ތެދުވެވެން އެބައޮތް ކަމަށެވެ. އަދި މިހާރުވެސް އިންޑިއާއިން ދެމުންގެންދާ އާދަޔާ ޚިލާފު ބޮޑު އެހީ އާއި އެއްބާރުލުމާއި މަގުދެއްކުންތަކުގެ ސަބަބުން ލަންކާއަށް ހިތްހަމަ ޖެހުން ލިބެމުންދެއެވެ.
މޯދީ ވިދާޅުވީ އިންޑިއާގެ 1.4 ބިލިއަން މީހުންގެ ފަރާތުން ލަންކާއަށް އަބަދުވެސް ހެޔޮ އެދުންތައް އޮންނާނެ ކަމަށާއި ހާލުގައި ޖެހިފައި އޮތް އިގްތިސާދަށް ދިރުން ގެނައުމަށްޓަކައި ބޭރުގެ އެހީ އާއި ލޯނުތައް ހޯދައިދިނުމުގައި އިންޑިއާ އަކީ މުހިއްމު ބައިވެރިއަކަށްވާނެއެވެ. އަދި ގެރެންޓީ ދޭން ޖެހޭ ބައެއް ހާލަތްތަަކުގައި އިންޑިއާއިން ލަންކާއަށްޓަކައި އެކަންވެސް ކޮށްދޭނެ ކަމަށް މޯދީ ވިދާޅުވިއެވެ.
ލަންކާގެ ރައީސް ވިދާޅުވީ މޯދީއަކީ ބަފައެއް ފަދަ ހެޔޮ ބޭފުޅެއް ކަމަށާއި ލަންކާ ރައްޔިތުންގެ އެންމެ އިހްލާސްތެރި ޝުކުރު މޯދީއަށް ފޯރުކޮށްދޭ ކަމަށެވެ.

