އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނޑި ނައްތާލާ ނިޒާމު ޤާއިމްވުމާއެކު، އައު ވިޔަފާރިއެއްގެތެރެއަށް ވެމްކޯއަށް ވަދެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، ތިލަފުށީގައި ގެންދަނީ ގާކުނޑި ނައްތާލުމަށް ޚާއްޞަކޮށްގެން ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވޭސްޓް މޭނޭޖްމަންޑް ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތުގައި އުފެދޭ ކުނި ނައްތާލުމަށް ތަރައްްޤީކުރާ ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓްގެ މަސައްކަތާއެކު އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ރައްކާތެރި ގޮތުގައި އިތުރު ބޭނުންތަކަށް ތައްޔާރު ކުރެވިގެން ދާނެ ކަމަށެވެ.

އިމާރާތްތަކުން އުފެދޭ ގާކުނޑި ފަސް ސައިޒަކަށް ހެދުމަށް ފަހު އާމްދަނީ ލިބޭނެ ފަދަ ގޮތަކަށް މާކެޓައް ނެރުމުގެ މަސައްކަތް ކުރާނެ ކަމަށް މުޖްތަބާ ވިދާޅުވިއެވެ. މިއާއެކު ވެމްކޯއަށް އާމްދަނީ ލިބޭނެ އިތުރު މަގެއް ފަހިވެގެން ދާނެކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވިއެވެ.

އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނޑި ނައްތާލުމަށް ތަރައްްޤީކުރާ ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓްގެ މަސައްކަތް މި އަހަރުގެ ޖުލައިމަހަށް ނިންމާ އޮޕްރޭޝަނަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތިލަފުށީގައި ޤާއިމްކުރާ ކުނިން ހަކަތަ އުފާދާ ޕްލާންޓްގެ މަސައްކަތް ނިންމާ އަންނަ އަހަރު އޮޕަރޭޝަނަށް ގެނައުމަށްވެސް ތިމާވެށްޓާއި ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *