އެމެރިކާގައި ޓިކްޓޮކް މަނާވާ ގޮތަށް ހެދި ގާނޫނަށް އަމަލުކުރުން އިތުރު 75 ދުވަހަށް ފަސްކޮށްދީފި އެވެ.

ޓިކްޓޮކް މަނާކުރުމާ ގުޅޭގޮތުން އެމެރިކާއިން ހަދާފައިވާ ފެޑެރަލް ގާނޫނާ ގުޅިގެން ސްޕްރީމް ކޯޓްުގެ ނިންމުމާގުޅިގެން ޓިކްޓޮކް މާނާކުރުމުގެ ކުރިން އެމެރިކާއިން ބޭނުންވާ ގޮތަށް އެމެރިކާގެ އިންވެސްޓްމަންޓް ހިއްސާ ހިމެނޭ ގޮތަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޖެނުއަރީ މަހު ދެއްވި 75 ދުވަހުގެ މުހުލަތު ހަމަވުމުން އަނެއްކާވެސް އިތުރު 75 ދުވަސް ދެއްވައިފި އެވެ.

އެކަން ހާމަކުރައްވައި ޓްރަމްޕް އެމަނިކުފާނުގެ ޓްރޫތް ޕްލެޓްފޯމުގައި ވިދާޅުވީ ޓިކްޓޮކް ސަލާމަތް ކުރުމުގެ އެއްބަސްވުމަކަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އިރު، ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި  ޓްރާންސެކްޝަނަކަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ހޯދައި އޭގައި ސޮއިކުރެވޭތޯ ބެލުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، އެހެންވެ ޓިކްޓޮކް މަނާ ނުކޮށް އިތުރު 75 ދުވަހު ހިންގަން ރިޔާސީ ގަރާރެއްގައި އެމަނިކުފާނު އަނެއްކާވެސް ސޮއިކުރައްވާފައިވާ ކަމަށެވެ.

ޓިކްޓޮކް އެމެރިކާގައި ބަންދުކުރަން ޖެހިފައިވަނީ އޭގެ މައި ކުންފުނި، ޗައިނާގެ ބައިޓްޑާންސުން އެމެރިކާގެ ސަބްސިޑަރީ ކުންފުނި ޗައިނާ ނޫން ގައުމެއްގެ ބަޔަކަށް ވިއްކާލަން ލާޒިމްކޮށް ގާނޫނުން ދިން ސުންގަޑި ހަމަވުމުންނެވެ. މި ގާނޫނާ ހެދި، ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމާ ދިމާކޮށް އެމެރިކާގައި ޓިކްޓޮކް ބްލޮކްކުރަން ޖެހުނެވެ. އެކަމަކު ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ އެކު އަލުން ވަނީ ޓިކްޓޮކަށް ވަގުތީ ހުއްދައެއް ދީފަ އެވެ.

ޓިކްޓޮކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ ގާނޫނުގައި ކަނޑައަޅާފައި ވަނީ ވާދަވެރި ޗައިނާގެ ކޮންޓްރޯލް އޮންނަ ގޮތަކަށް ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ނުހިންގޭނެ ކަމަށެވެ. އެހެންވެ ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަން ގަންނާނެ ބަޔަކު ހޯދަން ގެންދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *