ކެއުމަށާއި ބުއިމަށް ބޭނުންކުރާ ފުރައްދެ ލޮނު އުފައްދާ ރާއްޖޭގެ ފުރަތަމަ ފެކްޓްރީގެ މަސައްކަތް ހއ ދިއްދޫގައި ފަށައިފި އެވެ.

މި ފެކްޓްރީ އަކީ އެމް.ޑީޕް އިންވެސްޓްމަންޓާ ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ދިއްދޫއިން 150،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ނަގައިގެން ތަރައްގީކޮށްފައިވާ ފެކްޓްރީ އެކެވެ.

މި މަސައްކަތާ ބެހޭގޮތުން އެމް.ޑީޕް އިންވެސްޓްމަންޓުން ބުނީ މި މަސައްކަތަކީ ރާއްޖޭގެ ލޮނު ޖަޕާނަށް ގެންގޮސް ލެބޯޓްރީ ތަހްލީލުތަކަށްފަހު ރާއްޖޭގެ ކަނޑުގެ ލޮނުގައި އެކުލެވޭ ފައިދާ ހުރި އެތަށް ގިނަ މާއްދާތަކެއްގެ ސަވބަބުން ކޮލިޓީ ރަނގަޅު ސިއްހަތަށް ފައިދާހުރި ލޮނެއް ރާއްޖޭގައި އުފެއްދިދާނެ ކަމަށް ގަބޫލުކުރެވިގެން ކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށެވެ.

އަދި މި ފެކްޓްރީ އިން އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން 3 ބާވަތެއްގެ ލޮނު އުފައްދާނެ އެވެ. އޭގެތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ބައެއް ޚާއްސަ ބާވަތްތައް ހިމެނޭނެއެވެ. މީގެއިތުރުން ލޮނު މަސް ތައްޔާރުކުރުމަށް ޚާއްޞަ ލޮނުވެސް ތަޖުރިބާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ލޮނުގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދުރިއުޅޭ ރަށްތަކަށްވެސް މާކެޓްކުރާނެއެވެ.

ދިއްދޫގައި ތަރައްޤީކުރި ލޮނު ފެކްޓްރީ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެނަމަ އިތުރު 4 ފެކްޓްރީ ރާއްޖޭގެ އެކި ސަރަޙައްދުގައި ގާއިމް ކުރުމަށް އަމާޒުހިފާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *