އެމެރިކާއިން އެގައުމުގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޓެރިފް ސިޔާސަތުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކަށް އެކުގެ ނުރަނގަޅު އަސަރުކުރާނެ ކަމާމެދު ތަޖުރިބާކާރުން ދެބަހެއް ނުވެއެއެވެ. ޚާއްސަކޮށް އިރުމަތީ އޭޝިއާގެ ގައުމުތަކަށް ލިބޭނެ ޝޮކު ބޮޑުވާނެ ކަމަށް އެގައުމުތަކުން ވަނީ އަންދާޒާކޮށްފައެވެ.

ވިއެޓްނާމް، ކެމްބޯޑިއާ އަދި އިންޑޮނޭޝިއާ ފަދަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ދަނީ ޓްރަމްޕް އެކްސްޕޯޓުކުރާ މުދަލުން ނަގާ ބޮޑެތި ޓެރިފްތަކުން ސަލާމަތްވުމަށް އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުން، ޓެރިފް ސިޔާސަތަށް އިޖާބަ ދޭނެ ގޮތް ތައް ނިންމާއިރު، އެ ގައުމުތަކުން އަންނަނީ އެ ގައުމުތަކުގެ އެންމެ ބޮޑު އެއް މާކެޓަށް ވަނުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި އެއްބަސްވުންތަކެއް އެމެރިކާއަށް ހުށަހަޅަމުންނެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ދަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަދަބު ދޭ ޓެރިފްތަކަށް ބަދަލު ހިފުމުގެ ބަދަލުގައި އެ ގައުމުތަކުގެ އެންމެ ބޮޑު އެއް މާކެޓަށް އެކްސްޕޯޓް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. ޓެރިޕްގެ ލުއިތައް އިތުރަށް ހޯދުމަށް ގައުމުތަކުން އަދިވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *