ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކެނެޑާގެ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ކެނެޑާގެ ހައިކޮމިޝަނަރ އެރިކް ވޮލްޝްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު މާރިޔާ ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި ދަނޑުވެރިންނަށް ދިމާވާ ދަތިތަކާއި، ކާނާގެ ހުރި ދަތިތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މިކަންކަމަށް ހައްލު ގެނައުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ހައި ކޮމިޝަނަރާއި ޓީމުން ލަފާދެއްވާފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރިސޯޓްތަކާއި ގާތް ގުޅުމެއް އުފައްދައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރިސޯޓްތަކަށް ސަޕްލައިކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެކަމަށް ކެނަޑާގެ ސަފީރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *