ސޯޝަލް މީޑިއާގައި ބުރުގާ އާއި އަންނައުނު ވިއްކާ އިންޑޮނޭޝިއާގެ އަންހެން ކުދިންނަށް އަރަބި ފިރިހެނުންގެ ވަރުގަދަ ކައިވެނީގެ ހުށަހެޅުންތައް ލިބުން އިތުރުވެފައިވާ ކަމަށް އިންޑޮނޭޝިއާގެ މީޑިއާތަކުން ބުނެފިއެވެ.
އިންސްޓަގްރާމާއި ފޭސްބުކާއި ޓިކްޓޮކްގައި ބުރުގާ އާއި އަންނައުނު ވިއްކާ ކުދިންގެ އެކައުންޓްތަކުގެ ތަފްސީލް ހޯދައި، އެޖެންޓުން މެދުވެރިކޮށް އަރަބި މުއްސަނދި ފިރިހެނުން ވަނީ ކައިވެންޏަށް ހުށަހެޅުން ގިނަކޮށްފައެވެ.
ދާދި ފަހުންވެސް ކައިވެންޏަށް އެހުމުން ކުއްޖަކު ރަންކިޔާފައި ވަނީ އާއިލާގެ ކޮންމެ ކުއްޖަކަށް ފިހާރައަކާއި ގިނަ އަދަދެއްގެ ފައިސާއަށެވެ.
"ފިރިހެން މީހާ އެ ހުރިހާ ޝަރުތަކާ ގަބޫލުވެ ދާދި ފަހުން ވަނީ ކައިވެނިކޮށްފަ. އެފަދަ އެތައް ހާދިސާއެއް މިހާރު ލިސްޓްކޮށްލެވެން އެބަހުރި،" އިންޑިނޭޝިއާގައި ލުއި ވިޔަފާރި ހަބަރު ލިޔާ ނޫސްވެރިއަކު ލިޔެފައިވެއެވެ.
އިންޑޮނޭޝިއާގެ ކައިވެނި އެޖެންޓުންވެސް އަރަބިން އަތުން ބޮޑު ޗާޖެއް ނަގައި، ކުދިން ސެޓްކޮށްދެމުން ދާކަމަށް ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގެ ޕްލެޓް ފޯމުގައި ވިޔަފާރީގެ ހަރަކާތްތެރިވާ ކުދިންގެ ތެރެއިން އެވެރެޖްކޮށް ހަފުތާއަކު ކުއްޖަކު އަރަބި ފިރިހެނުންނާ ކައިވެނިކުރަމުން ގެންދާ ކަމަށް ވެސް ނޫހުގައި ބުނެފައިވެއެވެ. މިއީ މިހާރު އިންޑޮނޭޝިއާގައި ވަރަށް ފުޅާ ޓްރެންޑަކަށް ވެފައިވާ ކަމެކެވެ.


ކިޔުންތެރިންގެ ޚިޔާލުތައް
ދިވެހިރާއްޖެއަށްވެސް ތި ފުރުސަތުއޮވޭ. މައްސަލައަކީ މުއްސަނދި މީހާ ކުރަނީ މައުނަވީ ކައިވެންޏެއްނޫން. ހައިހޫނުކަން ފިލުވާލުމަށް ކުރާ ވަގުތީ ކަމެއް. އަތްނބެއް ގަންނަނީ. އެހެންވީމަ އެޔާމެދު އޭނާ އަމަލު ކުރާނީ އިންސާނިއްޔަތު ކަމަށްވުރެ ބޮޑަށް މާއްދިއްޔަތަށް. ފިހާރަޔަކުން ގަންނަ ބުދެއްވެސް ކުޅެ ފޫހިވެ ނުވަތަ ބައުވީމަ އެއްްލާލާ ބީދައިން.