ބޭރު ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިއުޓީ ބޮޑުކޮށް ނެގުމަށް ނިންމެވި ނިންމެވުމާއި އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މަގުބޫލުކަން ދަށަށް ދާން ފަށައިފިއެވެ.

މިހާތަނަށް ހިޔާލު ހޯދުމަށް ހިންގި ދެ ހަރަކާތުންވެސް ދައްކަނީ ޓްރަމްޕްގެ މަގްބޫލުކަން ދަށްވެފައިވާ ތަނެވެ. އެއް ޚިޔާލު ހޯދުމަކީ މަޝްހޫރު ވޯލްސްޓްރީޓް ޖާނަލްގެ ޚިޔާލު ހޯދުމެކެވެ.

ގައުމުތަކުގެ މުދަލަށް ނަގާ ޑިއުޓީ ބޮޑު ކުރުމަށް އިއުލާން ކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގައި ދައްކާ ގޮތުގައި ޓްރަމްޕް ގެ ޑިއުޓީ ބޮޑު ކުރުމަށް 54 އިންސައްތަ މީހުން ދެކޮޅު ހަދައެވެ.

ގިނަ މީހުން ދެކޭ ގޮތުގައި އެމެރިކާގެ އިގްތިސާދު ރަނގަޅުވުމުގެ ބަދަލުގައި ދަނީ ގޯސްވަމުންނެވެ. އެގޮތުން 52 އިންސައްތަ މީހުން އެގޮތަށް ދެކެއެވެ.

ހުކުރު ދުވަހު ނަގާފައިވާ އެހެން ޚިޔާލު ހޯދުމެއްގައިވެސް ޓްރަމްޕްގެ މަގްބޫލުކަން ދަށްވެފައިވާ ތަން ދައްކައެވެ.

ރޮއިޓާސް/އިޕްސޯސް އިން ބުދަ ދުވަހު ޝާއިއުކުރި އެންމެ ފަހުގެ ސާވޭއިން ދައްކާ ގޮތުގައި ޓްރަމްޕްގެ މަގުބޫލުކަން މިހާރު އުޅެނީ 43 އިންސައްތައިގައެވެ. މިއީ ޓްރަމްޕް އެނބުރި ވެރިކަމަށް އައި ފަހުން އޭނާގެ މަގްބޫލުކަން އެންމެ ބޮޑަށް ދަށްވި ފަހަރުކަން ފާހަގަ ކުރެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *