ދިރާގުން ސްކޭޓް މޯލްޑިވްސް އާއިއެކު ޑިވެލޮޕްމަންޓް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްކޭޓް މޯލްޑިވްސް އާއިއެކު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް ސްކޭޓް މޯލްޑިވްސް އަށް އެހީތެރިކަން ެފޯރުކޮށްދީ، ރާއްޖޭގައި ސްކޭޓިން ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.
މީގެ ކުރިން ދިރާގުން ވަނީ 2023 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަޓްނަރެއްގެ ގޮތުގައި ކާމިޔާބު ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.
ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ވިދާޅުވީ އެ ޖަމްއިއްޔާއާ އެކު އާ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ އުފަލެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
ސްކޭޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމް ވަނީ އެ ޖަމްއިއްޔާއިން ބޭނުންވާ ފެންވަރަށް އެ ކުޅިވަރު ތަރައްގީ ކުރުމަށް ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުން ދިރާގުން އެހީތެރިކަމާއި އެއްބާރުލުން ދެމުންދާކަން ފާހަގަ ކުރައްވައިފަ އެވެ.
ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ އެސޯސިއޭޝަނެވެ. އެ އެސޯސިއޭޝަނުން 2023 ވަނަ އަހަރު، ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށް ފަހު އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން 2024 ވަނަ އަހަރު ހާސިލުކޮށްފަ އެވެ. ރާއްޖޭގައި ހިންގާ ސްކޭޓިންއާ ގުޅޭ ހުރިހާ ހަރަކާތްތައް ހިންގަމުންދަނީ ސްކޭޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.

