ދިވެހިރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމާމެދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކޮށްފައި ވަނީ، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްއާއި ޗައިނާގެ ނޭޝަނަލް މެރިން މިއުޒިއަމާއި ޝަންހާއީ ޔުނިވަރސިޓީއަދި ވޫހާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ފިޝަރީޒް މިނިސްޓްރީ އިންކުރިޕޯސްޓުގައިރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމުގެއިތުރުން، ރާއްޖެއާއި ޗައިނާގައި މެރިން ކަލްޗަރަލް އެގްޒިބިޝަންތައް ބޭއްވުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ބުނެފައިވެ އެވެ.
މިނިސްޓަރު ޝިޔާމް ވަނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރައްވައި، މި މަސައްކަތުގެ ތެރެއިން އުފެދިފައިވާ ޕާޓްނާޝިޕްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

