ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އާއި ވަޒީފާ ފަދަ އާންމު ކަންކަމުގެ އިތުރުން ފިރިހެނުންގެ އަންޑަވެއާ އާއި، އަންހެނުންގެ ލިޕްސްޓިކް ވިއްކޭ ނިސްބަތަކީވެސް އާދަޔާ ހިލާފު އިގްތިސާދީ އިންޑިކޭޓަރ އެކެވެ.
ފެޑެރަލް ރިޒާވްގެ ކުރީގެ ޗެއާމަން އެލަން ގްރީންސްޕެން ވިދާޅުވީ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ފިރިހެނުން އައު އަންޑަވެއާ ފަދަ އެންމެ ޒަރޫރީ ނޫން ތަކެތި ގަތުމުން ދުހެލިވާ ކަމަށާއި، އެގޮތުން އާންމު އިގްތިސާދީ ދުވަސްވަރު އޭގެ ސޭލްސް އާންމުގޮތެއްގައި ސްޓޭބަލްކޮށް ދެމިއޮންނަ ކަމަށެވެ. އަދި އިޤްތިޞާދީ ނުތަނަވަސްކަން އިތުރުވެއްޖެނަމަ، ފިރިހެނުން އައު އަންޑަވެއަރ ގަތުން ފަސްކުރުން ފަދަ އިޚްތިޔާރީ ޚަރަދު ތައް ކުޑަކުރާކަން ފާހަގަކުރެވޭ އެހެންކަމުން އަންޑަވެއާ ވިއްކުމަށް އަންނަ ބަދަލުތަކަކީ ފުޅާ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ކުރިން އަންނަ ބަދަލުތަކަކަށް ވުމުން، މިއީ ލީޑިން އިންޑިކޭޓަރަކަށް ވާކަމަށެވެ.
އިގްތިސާދީ ޓްރެންޑްތައް ދައްކުވައިދިނުމުގައި އެމްޔޫއައިއިން ވަނީ މި އިންޑިކޭޓަރުގެ ސައްހަކަން ކަށަވަރުކޮށްފައެވެ. އެގޮތުން 2007 އިން 2009 އަށް ދުނިޔެއަށް ކުރިމަތިވި ގްރޭޓް ރިސެސްގެ ކުރިން ފިރިހެނުންގެ އަންޑަވެއާ ވިއްކޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ. އަދި ރިސެޝަންއަށް ފަހު ރިކަވަރީ ޕީރިއެޑް ގައި އަންޑަވެއާ ސޭލްސް އިން (2010-2012) ގައި ކަސްޓަމަރުންގެ ކޮންފިޑެންސް އިތުރުވާކަން އަންގައިދެ އެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އަންޑަވެއާ ވިއްކޭ މިންވަރު ފުރަތަމަ ދަށްވި ނަމަވެސް ފަހުން ވަނީ ރިބައުންޑްވެފަ އެވެ. ފިރިހެނުންގެ އަންޑަވެއާ މާކެޓުގެ އަގު 2024 ވަނަ އަހަރު 7.38 ބިލިއަން ޑޮލަރަށް އަރައެވެ.
ލިޕްސްޓިކް ވިއްކޭ އަދަދަކީވެސް ވެސް އިގްތިސާދުގެ ހާލަތު ދެނެގަނެވޭނެ އިންޑިކޭޓަރ އެކެވެ. އެގޮތުން އަންހެނުން ގިނައިން ލިޕްސްޓިކް ގަންނަނީ އެއީ ވަރަށް އަގުހެޔޮ އެސެސަރީޒް އަކަށް ވާތީ އެވެ. މޭކަޕާއި ޕާފިއުމް ފަދަ އަގުބޮޑު ބިއުޓީ ސާމާނު ވިކޭލެއް މަދުވާނަމަ އޭގެ މާނައަކީ ފައިސާގެ ދަތިކަން ކަން އަންގައިދޭ ކަމަށާއި، އެގޮތުން ލަގްޒަރީ ބިއުޓީ އައިޓަމް ވިކޭ ނިސްބަތް ދަށްވާ ވަރަކަށް ލިޕްސްޓިކް ވިއްކުން އިތުރުވެގެންދާ ކަމަށެވެ.
ސްޓެޓިސްޓާ މާކެޓް އިންސައިޓްސް އިން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ލިޕްސްޓިކް މާކެޓް ވަނީ 22.17 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
އެހެނިހެން އާދަޔާ ހިލާފު އިކޮނޮމިކް އިންޑިކޭޓަރ ތަކުގެ ތެރޭގައި އެސްޓްރޮލޮޖީ އާއި ހެއާ ޑައިސް ވެސް ހިމެނެ އެވެ. އެގޮތުން ބައެއް ފަރާތްތަކުން އިގްތިސާދީ އިންޑިކޭޓަރ ގެ ގޮތުގައި ބަލާ އާދަޔާހިލާފު ބައެއް ކަންކަމުގެ ތެރޭގައ:
- ބިގް މެކް އިންޑެކްސްގައި ޕާޗޭސިން ޕަވާ ޕެރިޓީ (ޕީޕީޕީ) އަންދާޒާ ކުރުމަށް އެކި ގައުމުތަކުގައި ބިގް މެކެއްގެ އަގު އަޅާކިޔާފައި ވެއެވެ.
- އިންފްލޭޝަން އާއި ކޮންސިއުމަރ ސްޕެންޑިންގ މޮނިޓަރ ކުރުމަށް ޓަކައި ލައްޓޭ އިންޑެކްސްއިން ކޮފީއެއްގެ އަގު ބަލައެވެ.
- ހެމްލައިން އިންޑެކްސްގައި އިޤްތިޞާދީ ޓްރެންޑްތައް އަންދާޒާކުރުމަށް އަންހެނުންގެ ސްކާޓްގެ ދިގުމިން (މިސާލަކަށް ކުރު ސްކާޓްތަކުން ދޭހަވަނީ ކުރިއަރަމުން އަންނަ އިޤްތިޞާދެއް).
- ސޮކް އިންޑެކްސްއިން ސޮކް ސޭލްސް ޓްރެކްކުރަނީ ޒަރޫރީ ނޫން ބާވަތްތަކަށް ކަސްޓަމަރުން ކުރާ ޚަރަދު ތައް މޮނިޓަރ ކުރުމަށެވެ.
- ބިޔަރ އިންޑެކްސްގައި އެކި ސަރަޙައްދުތަކުގައި ބިޔަރު ވިއްކުމާއި އިޤްތިޞާދީ ޙަރަކާތްތަކާއި ކޮންސިއުމަރ ސްޕެންޑިންގ އަންދާޒާކުރެވެއެވެ.

