މ. މުލީގައި އަލަށް ތަރައްގީ ކުރެވުނު އެއަރޕޯޓް މޭ މަހުގެ 1 ވަނަ ދުވަހު ނުވަތަ އޭޕްރީލް 30 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ’ރައްޔިތުންނާއި އެކު‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަމަ އެންމެ ބޮޑަށް ބޭނުންވަނީ މިމަސް ނިމުމުގެ ކުރިން ހުޅުވަން، ނުހުޅުވިއްޖިއްޔާ ދެން އަންނަ ދުވަހުވެސް ހުޅުވަން، އެހެންވީމާ އެ ހުރިހާ މަސައްކަތެއްވެސް އެބަ ހިނގާ ކަމަށެވެ.

2021 ވަނަ އަހަރު މަސައްކަތް ފެށުނު މި އެއަރޕޯޓަކީ 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްގީކުރެވުނު އެއަރޕޯޓެކެވެ. މުލީ އެއަރޕޯޓް ހުޅުވުމާއެކު، ރައީސް މުއިއްޒު ވަނީ މޭ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެ ވެ.

އެކި ސަބަބުތަކާ ހުރެ މިހާތަނަށް ރަށްރަށަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުތައް ހުއްޓާލައްވާފައިވާ ކަމަށާއި، މުލީ އެއަރޕޯޓް ހުޅުވުމުގެ ދަތުރުފުޅާއެކު އަލުން ރަށްރަށަށް ދަތުރުފުޅުތައް ފައްޓަވާނެ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *