މޯލްޑިވިއަން މެލޭޝިއާއަށް ޚާއްސަ ޑައިރެކްޓް ފްލައިޓު ބާއްވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މޯލްޑިވިއަންއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މިވަގުތު ޑައިރެކްޓް ފްލައިޓް ބާއްވަނީ މި މަހުގެ 27 އަދި 29 ވަނަ ދުވަހުއެވެ.

އޭޕްރީލް 27 ވަނަ ދުވަހު މާލެއިން ޑައިރެކްޓްކޮށް ކުއާލަލަމްޕީރަށް އަދި ކުއާލަލަމްޕޫރުން މާލެއަށް ސީދާ ދަތު އޮންނާނެއެވެ. އަދި އޭޕްރީލް 29 ވަނަ ދުވަހު މާލެއިން މެލޭޝިއާއަށް ދާއިރު، މެލޭޝިއާއިން މާލެއަށް އަންނަނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ.

މާލެ އިން މެލޭޝިއާއަށް އިކޮނޮމީ އެއްކޮޅު ޓިކެޓެއް ވިއްކަނީ 149 ޑޮލަރަށެވެ. އަދި އިކޮމޮނޮމީ ފްލެކްސް އެއްކޮޅު ޓިކެޓުގެ އަގަކީ 174 ޑޮލަރެވެ. މެލޭޝިއާއިން މާލެއަށް އިކޮނޮމީ ކްލާހުގެ ޚާއްސަ އަގަކީ 99 ޑޮލަރާއި 119 ޑޮލަރާ ދެމެދުއެވެ. އަދި އެއްކޮޅު އިކޮނޮމީ ފްލެކްސް ޓިކެޓްގެ އަގުތައް ހުރީ 124 ޑޮލަރާއި 144 ޑޮލަރާއި ދެމެދުގައެވެ.

އިތުރު ދަތުރުތަކާ ބެހޭ މައުލޫމާތު މޯލްޑިވިއަނުން އަދި އާންމެއް ނުކުރެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *