ފާތުމަަތު ނަހުލާ- ނަހޫގެ ފިލްމު ސޮރީގެ ޓްރެއިލަ ވީޑިއޯ އެއް ދުވަހުން އެއްލައްކަ މީހުން ބަލައިގެން ރެކޯޑް ހަދައިފިއެވެ. މީގެ އިތުރުން އިންސްޓަގްރާމުން 50،000 މީހުން ބަލާފައިވާއިރު ޓިކްޓޮކު މެދުވެރިކޮށް ވެސް މި ފިލްމުގެ ޓްރެއިލަ ގެންދަނީ ބަލަމުންނެވެ.

ނަހުލާ ބުނީ ފިލްމު ސޮރީ އަކީ މިހާތަނަށް އޭނާ ހެދި އެންމެ އަސަރު ގަދަ އަދި އެންމެ މޮޅު ފިލުކަމުގައި ގަބޫލު ކުރާ ކަމަށެވެ.

"މިއީ ވަރަށް ކުޑަ ބަޖެޓަކުން ވަރަށް މޮޅަށް ހެދިފައިވާ ފިލްމެއް، ފިލްމު ކާމިޔާބު ވާނެކަމުގެ 100 ޕަސެންޓް ޔަގީން،" ނަހުލާ ބުންޏެވެ.

ނަހުލާ ދެކޭ ގޮތުގައި މިފިލްމު ޖޫންމަހު 17 ވަނަ ދުވަހު އޮލިމްޕަހަށް އަންނަ އިރު ކޮންމެ މީހަކަށް ވެސް ޓިކެޓެއް ހަމަ މުޚިއްމެވެ. އެއީ އަސަރުން ފުރިގެންވާ މޮޅު ފިލްމެއް ބަލާލަން ހިތްވަރުދޭތީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *