އެމެރިކާގެ އެންމެ ބޮޑު އަމާޒަކީ ވިސްނުންތެރިކަމާއެކު ޗައިނާގެ އިގްތިސާދު ތޮރުފާލުމެވެ. އެމެރިކާގެ ޕްރެޝަރުތަކުގެ ސަބަބުން ޗައިނާގެ އިގްތިސާދު ދަށަށް ވައްޓާލުމެވެ. އެކަމާ ޗައިނާއިން ވެސް ގެންދަނީ ހުށިޔާރުވެ އޮވެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މިހާރު ހިނގަމުންދާ އިގްތިސާދީ ހަނގުރާމައިގައި ކުރި ލިބޭނީ، ކާމިޔާބު ލިބޭނީ ކޮން ގައުމަކަށްތޯއެވެ.

މިކަމާ ބެހޭ ގޮތުން މީޑިއާއިން އީލާން މަސްކުއާ ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ އެމެރިކާއާއި ޗައިނާގެ އިގްތިސާދީ ވާދަވެރިކަމުގައި ކުރިއެރިން ލިބޭނީ އޭއައި ޗިޕް އުފެއްދުމުގައި ކުރިއަރާދާ ބަޔަކަށެވެ.

އެމެރިކާވެސް އަދި ޗައިނާއަށްވެސް ކާމިޔާބެއް ނުލިބޭ. ކާމިޔާބު ލިބޭނީ އޭއައިި ޗިޕް އަމިިއްލައަށް އުފައްދައި، ކުރިއެރުން ހޯދާ ގައުމަކަށް. އެއީ ފޯކަސް ބަހައްޓަންވީ ދިމާއަކީ،" މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މަސްކް ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *