އިހާ މޯލްޑިވެސް ރާއްޖެއަށް ތައާރަފްކުރި ގެއިން ބެޓްރީ ޗާޖްކޮށްލެވޭ އިލެކްޓްރޯނިކް ސައިކަލް ތަކަށް ކަސްޓަމަރުންގެ އިތުބާރާއި މަގުބޫލުކަން ލިބިފައިވާ ކަމަށް އިހާ މޯލްޑިސް އިން ބުނެފިއެވެ.
ރާއްޖޭގައި ރަށު ޕިކަޕްގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައިކުރާ އިހާ މޯލްޑިވެސް އިން ބާޒާރަށް ރާއްޖެއަށް ތައާރަފް ކޮށްފައިވާ އީ-މޮޓޯ ގެ ސައިކަލް ތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ރައްކާތެރި އުޅަނދެއްކަމަށް އިހާ މޯލްޑިވެސް އިން ބުނެއެވެ.

މި ސައިކަލް ތަކުގެ އެންމެ މުހިއްމު އެއް ސިފަ އަކީ މި ސައިކަލް ތަކަކީ ބަލާ ބެލުމަށް އާދައިގެ ސައިކަލް ތަކެކޭ އެއްގޮތް ސިފަތަކެއް ލިބިފައިވާ ސައިކަލް ތަކެއް ނަމަވެސް މިސައިކަލް ތަކަކީ ތިމާވެއްޓާ ރައްޓެހި އަދި ގިނަ ދުވަހު ބެޓްރީގެ ޗާޖް ހިފަހައްޓައިދޭ ސައިކަލް ތަކަކަށް ވުމެވެ.
ޕެޓްރޯލް ޝެޑް ތަކަށް ޕެޓްރޯލް އަޅަން ދާން ނުޖެހޭ ނުވަތަ ގޭގައި ފެޠްރޯލް ގެންގުޅެން ނުޖެހޭ މި ސައިކަލަކީ މަޑި ހިއްލާލާފައި ބެޓްރީ ގެއަށް ގެނެސް ޗާޖަރާ ގުޅާލެވޭ ސައިކަލް ތަކަކަށްވާތީ މިހާރުވެސް ކަސްޓަމަރުންނާއި ރިސޯޓް ތަކުގެ މނެދުގައި މި ސައިކަލް ތަކުގެ މަގުބޫލުކަން ވަރަށް ބޮޑަށް ވަނީ އިތުރުވެފައިކަމަށް އިހާ މޯލްޑިވެސް އިން ބުނެއެވެ.

ރިމިއޯ އަދި ވެލޮސެ އިލެކްޓްރިކް ސްކޫޓަރ ތަކަކީ ގަޑިއަކު 75-110 ކިލޯމީޓަރުގެ ސްޕީޑަށް ފަސޭހައިން ދުއްވޭ އަދި ވަރުގަދަ 2000W/1500w ހަބް މޯޓަރ އެއް ހުންނަ ދިގު މުއްދަތަށް ދެމިހުންނަ 72V35Ah/72V32Ah ލިތިއަމް ބެޓެރީ އާއި ލީޑްއެސިޑް-ސަބަބުން ގިނައިރު ޗާޖް ހިފަހައްޓައިދޭ އަދި އަވަހަށް ޗާޖުކޮށްލަދޭ ބެޓްރީ ތަކެކެވެ. އަދި މި ސައިކް ލަތުގެ ފަހަތާއި ކުރީގައި ހަރުކުރެވިފައިވާ ޑިސްކް ބްރޭކް ތަކަކީ އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ސިސްޓަމެއް ކަމަށްވެސް އިހާ މޯލްޑިވްސް އިން ބުނެއެވެ.
މި ސައިކަލް ތަކުގައި އެކުލެބޭ މުހިންމު ފީޗާ ތަކުގެ ތެރޭގައި:
🔋 ވަރުގަދަ 2000W/1500w ހަބް މޯޓަރ – ގަޑިއަކު 75-110 ކިލޯމީޓަރުގެ ސްޕީޑަށް ފަސޭހައިން ދުއްވޭ!
🔌 ދިގު މުއްދަތަށް ދެމިހުންނަ 72V35Ah/72V32Ah ލިތިއަމް ބެޓެރީ އަދި ލީޑްއެސިޑް- ގިނަ ވަގުތު ދުއްވޭ، އަދި އަވަހަށް ޗާޖުކުރެވޭ!
🛑 ޑިސްކް ބްރޭކް – ކުރިއާއި ފަހަތުގައި ހަރުކުރެވިފައި، އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަމަށް!
🛞 ހައިޑްރޯލިކް ޝޮކް އެބްޒޯބަރސް – ކޮންމެ މަގެއްގައި ވިޔަސް، އެހާމެ ސުމޫތު ދަތުރެއް!
🔧 ފަރުމާކުރެވިފައިވާ އެލުމިނިއަމް އެލޮއި ވީލްތައް – ފެންވަރު ރަނގަޅު، ދެމިހުންނަ، އަދި ކޮންމެ ދަތުރަކަށް ތައްޔާރު!
📊 ސާފުކޮށް ފެންނަ އެލްއީޑީ ޑިސްޕްލޭ – ދަތުރުގެ މަޢުލޫމާތު އަބަދުވެސް ލިބެމުންދޭ!
🚗 ޓިއުބްލެސް 90/90-12 ޓަޔަރުތައް – ކޮންމެ ދަތުރެއްގައިވެސް އިތުރު ސްޓެބިލިޓީ އާއި ފަސޭހަކަން!
💡 ފަސޭހައިން ޗާޖުކުރެވޭ: 220V އަށް ޕްލަގް އިން ކޮށްލުމުން ދަތުރަށް ތައްޔާރު!
✅ ތިމާވެއްޓާ ރައްޓެހި އަދި ޚަރަދު ކުޑަ. މުސްތަޤުބަލުގެ ދަތުރުފަތުރުގެ ވަސީލަތް މިއަދު ހޯދާ!
އިހާ މޯލްޑިވެސް އިން ދަނީ ސައިކަލް ގަންނަވާ ފަރާތްތަކަށް އެފަރާތުގެ ނަމުގައި ސައިކަލް ރަޖިސްޓަރީކޮށްދިނުމުގެ ހިދުމަތާއި އަދި ސައިކަމް ޑެވެލިވަރީގެ ހިދުމަތްވެސް ފޯރުކޮސްދެމުންނެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ހިސާބަކުން ސައިކަލް ބައްލަވައިގެންނެވި މނަމަވެސް ކަސަޓަމަރު ބޭނުންފުޅުވާ އުޅަނދަކަށް ސައިކަލް ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް އިހާ މޯލްޑިވެސް އިން ބުނެއެވެ.
މީގެ އިރުން މިސައިކަލާއި ގުޅޭ ހުރިހާ ސްޕެއާޕާޓްސް އެއްވެސް އިހާ މޯލްޑިވެސް އިން ދަނީ ފޯރުކޮށްދެމުންނެވެ.
