އެ ދިރާސާ ހަދާފައިވަނީ އިނގިރޭސިވިލާތުގެ މީހުންގެ މެދުގައި އެންމެ މަޝްހޫރު އެއާލައިނުތަކުން ދަތުރުކުރި 1495 މީހެއްގެ މެދުގައެވެ.
މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ދުނިޔޭގެ ނަން މަޝްހޫރު އެއާލައިނުތަކުގެ ތެރެއިން އެންމެ މީރު ކާނާ އާއި ބުއިންތައް ލިބެން ހުންނަނީ އެމިރެޓްސް އިންނެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން 84 އިންސައްތަ މީހުން ވަނީ މިކަމަށް އެއްބަސްވެފައެވެ.
ދެވަނައިގައި ވަނީ ގަތަރު އެއާވޭސް އެވެ. މި އެއާލައިނުން އާންމު ގޮތެއްގައި ދަތުރު ކުރާ މީހުންގެ ތެރެއިން 82 އިންސައްތަ މީހުން ބުނެފައިވަނީ މި އެއާލައިނުން ރަހަ މީރު ކާނާ ލިބޭ ކަމަށެވެ. އަދި ލުއިކާނާގެ ގޮތުގައިވެސް ވަރަށް މީރު އެއްޗެހި ލިބޭ ކަމަށް ބުނެފައި ވެއެވެ.
މި ދިރާސާގައި 3 ވަނަ އަށް ގޮސްފައިވަނީ ވާރޖިން އެޓްލާންޓިކެވެ. ދިރާސާގެ 74 އިންސައްތަ ބައިވެރިން ވަނީ މި އެއާލައިނުގެ ކާނާ މީރު ކަމަށް ބުނެފައެވެ. އަދި 4 ވަނައިގައި ވަނީ ބްރިޓިޝް އެއާވޭސް އެވެ. 63 އިންސައްތަ މީހުން ވަނީ މި އެއާލައިނުގެ ކާނާ މީރު ކަމަށް ބުނެފައެވެ.

