މިދިޔަ މަހު ރާއްޖެއިން 204 މިލިއަން ރުފިޔާގެ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރި ކަމަށް ކަސްޓަމްސް އިން ނެރެފައިވާ މާރިޗް މަހުގެ އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު، ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާ މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ފިނިކުރި ކަޅުބިލަ މަހެވެ. އެގޮތުން 115 މިލިއަން ރުފިޔާގެ ފިނިކުރި ކަޅުބިލަމަސް އެކްސްޕޯޓް ކޮށްފައިވާއިރު، ދަޅުގައި ބަންދުކޮށްްގެން 46 މިލިއަން ރުފިޔާގެ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން 13 މިލިއަން ރުފިޔާގެ  ފިނިކުރި ރީނދޫ އުރަހަ ކަންނެއްޔާއި، 4 މިލިއަން ރުފިޔާގެ ރީނދޫ އުރަހަ ކަންނެލި ލޮއިންސް އަދި 7 މިލިއަން ރުފިޔާގެ މަހުގެ އެހެނިހެން ބާވަތްތައް އެކްސްޕޯޓް ކޮށްފައިވެއެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިންގިރޭސިވިލާތް، ވިއެޓްނާމް، ބަންގްލަދޭޝް އަދި ޖަރުމަންވިލާތުންކަމަށްވެސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން ތައިލޭންޑަށް 118 މިލިޔަން ރުފިޔާ ގެ މުދާ، އިނގިރޭސިވިލާތް 42 މިލިޔަން ރުފިޔާގެ މުދާ، ވިއެޓްނާމަށް 8 މިލިޔަން ރުފިޔާގެ މުދާ ބަންގްލަދޭޝް އަށް 7 މިލިޔަން ރުފިޔާގެ މުދާ އަދި ޖަރުމަންވިލާތް – 5 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *