ވެކޭޝަންސް އެކްސްޕޯ 2025 ދާދި ދެންމެއަކު ހުޅުވައިފިއެވެ. މި އެކްސްޕޯ ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރ ތާރިގު އިބްރާހީމެވެ.
މި އެކްސްޕޯގައި ގިނަ އަދަދެއްގެ ކުންފުނިތަކަކުން ބައިވެރިވެފައިވެއެވެ.
ވެކޭޝަންސް އިންތިޒާމްކުރި ފަރާތްކަމުގައިވާ ހައިރައިޒްއިން ބުނި ގޮތުގައި މިއަހަރުގެ އެކްސްޕޯ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މިއަދު މި ހުޅުވީ ވެކޭޝަންސް އެކްސްޕޯގެ ހަވަނަ އެޑިޝަނެވެ؛ މިފަހަރު ރިސޯޓްތަކުންނާއި ގެސްޓް ހައުސްތަކާއި ޓްރެވެލް އެޖެންޓުންވެސް ބައިވެރިވެފައިވެއެވެ.
މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އުމުރާ ދަތުރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިއެކްްސްޕޯ އޮންނަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

