މޯލްޑިވިއަން އަށް 25 އަހަރު ފުރުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ޗައިނާނާގެ ޝެންހާއީ ޑިޒްނީ ލޭންޑް ބަލައިލަން ދިއުމުގެ ފުރުސަތާއެކު އިތުރު ފރުސަތު ތައް ލިބޭ ގިވްއަވޭ އެއް ހުޅުވާލައިފިއެވެ.

މޯލްޑިވިއަންގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް ޕޭޖު ފޮލޯކޮށް، ގިވްއަވޭ ޕޯސްޓަށް ތިން ރަށްޓެހިން ޓެގުކޮށް "Maldivian25Years#" ހޭޝްޓެގު ކޮމެންޓު ކޮށްގެން ހޮވޭ ފަރާތަކަށް 1 ވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2 މީހަކަށް ޝެންހާއި ޑިޒްނީލޭންޑުގެ ދަތުރެކެވެ. 2ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ޗައިނާގެ ދެކޮޅު ޓިކެޓެވެ. 3 ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ މި މަހުގެ 27 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު މެލޭޝިއާ އަށް މޯލްޑިވިއަން އިން ކުރާ ހާއްސަ ދަތުރުގެ ދެކޮޅު ޓިކެޓެވެ. އަދި 4 ވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އިންޑިއާގެ ކޮޗިން ނުވަތް ޗެންނާއީގެ ދެކޮޅު ޓިކެޓެވެ. 5 ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ރާއްޖޭގެ އެތެރޭގެ ބޭނުން މަންޒިލަކަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓެވެ.

އައިލެންޑު އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންގެ ގިވްއަވޭ ޕޯސްޓު އެ ކުންފުނީގެ ފޭސްބުކް އާއި ޓުވިޓާ އަދި އިންސްޓަގްރާމް ޕޭޖުގައި ވަނީ ހިއްސާކޮށްފައެވެ. އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *