މެޑިކަލް ޓޫރިޒަމަށް ހާއްސަ ހޮސްޕިޓަލް އެޅުމުގެ ޕްރޮޕޯސަލްތައް ދަނީ ލިބެމުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މެޑިކަލް ޓޫރިޒަމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ބައެއް ފޮރިން އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރިސޯޓެއްގައި ހޮސްޕިޓަލެއް ތަރައްގީކުރުމުގެ ޕްރޮޕޯސަލް ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވަނީ މިފަދަ ކަންކަމާ ގުޅޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޑައިވަސިފައި ކުރާއިރު މެޑިކަލް ޓޫރިޒަމް ފުޅާވެގެންދާ ތަން ދެކެން ބޭނުންވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *