ސަރުކާރުގެ ޑިޖިޓައިޒޭޝަން ސިޔާސަތުގެ ދަށުން، ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ބޭނުންކުރަން ފަށައިފިއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަކީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އަންނަ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމްގެ ތެރެއިންކަމަށް ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

ނަމަވެސް މިއަދުން ފެށިގެން އެ ޕްލެޓް ފޯމް ވަނީ ބޭނުންކުރަން ފަށާފައެވެ. އެގޮތުން އިމްޕޯޓް އެކްސްޕޯޓް ހިދުމަތާއި ޝިޕިންގ އޭޖެންޓުން ރަޖިސްޓްރީ ކުރުމާއި، ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީ ކުރުމާއި، ފޮރިން ގޮއިންގ ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮރމޭޝަން ހުށަހެޅުން (އީ.ޓީ.އޭ/އީ.ޓީ.ޑީ) އަދި ސީ ކާރގޯ މެނިފެސްޓް ހުށަހެޅުން ހިމެނެއެވެ.

ކަސްޓަމްސްއިން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މިހާރެކޭ އެއްގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީ.ޓީ.އޭ) ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

މިޕްލެޓްފޯމްގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބައެއް ޚިދުމަތްތައް އޮންލައިން ނިޒާމުގެ ތެރެއިން މިހާރުވަނީ ދޭން ފަށާފައެވެ. އެގޮތުން ފޮރިން ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި، ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުމުގެ ޚިދުމަތްވެސް ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *