ހުޅުމާލޭ ފޭސް އެކެއްގައި "ދަ ގާޑަން" ގެ ނަމުގައި ފުލެޓް އިމާރާތް ކުރުމަށް އެޗްޑީސީއާއި އެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ މައްސަލާގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒް ކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން ނެރެފައިވާ އަމުރުގައި ވަނީ ބޭންކް އޮފް ސިލޯން އާއި، ބޭންކް އޮފް މޯލްޑިވްސް އާއި، ހަބީބް ބޭންކް ލިމިޓެޑް އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި، ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގައި އެ ކުންފުނިން ހުޅުވާފައިވާ އެއްވެސް އެކައުންޓެއްގައި ފައިސާ ހުރި ނަމަ އެ ހުރިހާ ފައިސާއެއް ހިފެހެއްޓުމަށާއި، އެ ބޭންކްތަކުގައި ޖާހް އިންވެސްޓްމަންޓްގެ ނަމުގައި އެކައުންޓެއް ހުޅުވާފައިވާ ނަމަ، އެ އެކައުންޓެއްގެ ތަފްސީލާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދު މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެނ ކޯޓަށް އެންގުމަށް އަމުރުކޮށްފައެވެ.
2017 ވަނަ އަހަރު ޖާހް އިންވެސްޓްމަންޓާ އެވްޑީސީއާއި ދެމެދު ހުޅުމާލޭގައި ފުލެޓް އެޅުމަށް ވެފައިވާ އެއްބްސްވުން މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެޗްޑީސީން ވަނީ ބާތިލު ކޮށްފައެވެ.

