ސެންޓަ އެންޓަޕްރައިސަސް ކިޔާ ކުންފުންޏަކުން އެންވާރަމަންޓް މިނިސްޓްރީ އަށް ގަނެފައިވާ ކަޅުހަމަށް ފައިސާ ނުދައްކައިގެން ކޮށްފައިވާ ދައުވާއެއްގައި ދައުލަތުން އެ ކުންފުންޏަށް 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސެންޓަ އެންޓަޕްރައިސަސް އިން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ އާއި ފައިސާ ނުދެއްކުމުން އަރާގފައިވާ ޖޫރިމަނާ އާއިއެކު 17 މިލިއަންރުފިޔާ ހޯދުމަށް ދައުލަތުގެ މައްޗަށް ދައުވާކޮށްފައިވީނަމަވެސް އެ މައްސަލާގެ ހުކުމުގައި ބުނެފައިވަނީ ކަޅުހަން ސްޕްލައި ކުރުމުގެ އެއްބަސްވުމުގައި ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ޖޫރިމަނާ ނަގާދެވެން ނެތްކަމަށެވެ.
ސިވިލް ކޯޓުން ކޮށްފައިވާ އެ ހުކުމުގައިވަނީ ކަޅުހަންތައް ސަޕްލައިކުރުމުން އެއަށްވާ ފައިސާ ދައުލަތުން ނުދައްކާ އޮތްކަން ލިޔުންތަކުން ސާބިތުވާ ކަމަށާއި، އެ ފައިސާއަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާކަން ސާބިތުވާ ކަމަށެވެ.


2 Responses
ދައުލަތުން ކިތަންމެ އޮޅުވާލުމަކާއި މަކަރެއް ހެދިޔަސް އަބަދުވެސް އޯކޭ.. އަނެއްކޮޅުން އާންމު މީހަކު ދައުލަތަށް އެއްޗެއް ދޭންޖެހިފައިވާނަމަ އެމީހެއްގެ މިލްކިއްޔާތު ވިއްކައިގެން ނަމަވެސް އެހޯދާ.. ކޮންކަހަލަ އަދުލަތެއްބާ މިގައުމުގައި އޮޕަރޭޓްވެގެން މިއަންނަނީ؟
ހިލާލުން ގަނޑެްއް! ސަލާމް އިއްލެއަށާ ގާޒީންނަށް!