މުދަލު ޒަކާތުގެ ނިސާބު 9264.15 އަށް ބަދަލުކޮށްފި އެވެ.

ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ރާއްޖޭގައި އަބަދުވެސް ދަނީ ރިވިއު ކުރަމުންނެވެ. އެގޮތުން އިއްޔެއިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 9264.15 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މުޒަލުޒަކާތުގެ ނިސާބު ކަނޑައަޅާފައިވަނީ ރިހީގެ ގްރާމަކަށް 15.57 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ 9264.15 ރުފިޔާއެވެ. މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ނިޞާބު ހުރީ 8،800.05 ރުފިޔާގައެވެ.

ރާއްޖޭގައި ރަނާއި ރިހީގެ އަގު ކަނޑައަޅަނީ މަރުކަޒީ ބޭންކް އެމްއެމްއޭ އިންނެވެ. ދުނިޔޠގެ ބާޒާރުގައި ރަނާއި ރިހީގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން ރާއްޖޭގައިވެސް އެތަކެތީގެ އަގިތަކަށް އެމްއެމްއޭ އިން ދަނީ ބަދަލުގެންނަމުންނެވެ. އެގޮތުން އެމެރިކާއިން ތަޢާރަފްކުރި ޓެރިފް ތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގުތައް މައްޗަށް ދިއުމާގުޅިގެން އެތަކެތީގެ ރާއްޖޭގެ ބާޒާރުގެ އަގުތަށް ކަމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވަނީ ރިހީގެ  ގްރާމަކަށް 15.57 ރުފިޔާ އަދި ރަނުގެ ގްރާމަކަށް 1601.52 ރުފިޔާ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *