ޑާކްރެއިން އެންޓެޓައިންމަންޓް އިން ފިލްމު ތަކުގައި އެކްޓުކުރާނެ އެކްޓަރުން ހޯދަން ހުޅުވާލައިފި އެވެ.
ކާމިޔާބު ގިނަ ފިލްމު ތަކަކާއި ޑުރާމާ ތަކެއް އުފައްދާފައިވާ ޑާކް ރެއިން އެންޓަޓައިންމަންޓުން ކާސްޓިން ކޯލަކަށް ހުޅުވާލާފައިވަނީ މާލެ ސަރަހައްދަށެވެ. ޑާކްރެއިން އިން ބުނީ 18 އަހަރުން މަތީގެ 2 ޖިންސްގެ މީހުންނަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިއަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޑާކްރެއިން އެންޓެޓައިންމަންޓް އިން އިންސްޓަގްރަމް ގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އެކްޓް ކުރަން ޝައުގުވެރިވާ 18 އަހަރުން މަތީ 2 ޖިންސްގެ ފަރާތްތަކުން މި މަހުގެ 30 ގެ ނިއަލަށް 9911229 އަށް މެސެޖް ކުރުމަށާއި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ހުޅުވާލާފައެވެ.

