މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް އިން އިންތިޒާމްކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ބިލްޑް އެކްސްޕޯ 2025 ގެ އެލިއާ އިންވެސްޓްމަންޓް ގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން އަގުހުރި ތަފާތު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަކީ އިމާރާތް ކުރުމާއި ބިލްޑިންގް ސޮލިއުޝަންގެ ހާއްސަ އުފެއްދުންތައް އެއްތަނަކުން ފެންނަ އެކްސްޕޯއަކީ ބްރާސްފަތި ދުވަހުން ފެށިގެން މިރޭގެ ނިއަލަށް ކުރިއަށްގެންދާ އެކްސްޕޯއެވެ. މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
އެލިއާގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ލަކީޑްރޯ އިން ޓޯޓަލް ޓޫލްސްގެ އަގުހުރި ހަތަރު އިނާމެއް ދޭން ހަމަޖެހިފައިވާއިރު، އަދި ޓޯޓަލް ޓޫލްސް އާއި ސޯމިލްގެ ލަކުޑީގެ ބާވަތްތައް ގަންނަ މީހުންނަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެލިއާ އިން ބުންޏެވެ.
އެލިއާ އަކީ "ޓޯޓަލް ޓޫލްސް" ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރެވެ. "ޓޯޓަލް ޓޫލްސް" އަކީ ދާދި ފަހުން އެލިއާ އިން ތައާރަފްކޮށް، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބްރޭންޑެކެވެ.
މި އެކްސްޕޯ ކޮންމެ ދުވަހަކުވެސް ހަވީރު 4:00އިން 6:00އަށް، އަދި ރޭގަނޑު 8:00އިން 10:00 އަށް ކުރިއަށްދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

