ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 ގައި ބައިވެރި ވުމުގެ ފުރުސަތު 2 ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ބިޒަނަސް ސެބްޓަރ ކޯޕަރޭޝަނުން ބުނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 ގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން ހުޅުވައިލީ މި މަހުގެ 15 އާ ހަމައަށެވެ. ނަމަވެސް ފަހުން އެ ކޯޕަރޭޝަނުން ވަނީ އެ އެ މައުރަޒުގައި ބައިވެރި ވުމުގެ މުއްދަތު މި މަހުގެ 31 އާ ހަމައަށް އިތުރުކޮށްފައެވެ.

އަންނަ މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތްތަކުން އެދިުފައިވާ ކަމަށް ބިޒްނަސްސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ.

މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާރްތަކުން އެ ސެންޓަރުގެ ވެބްސައިޓުން އޮންލައިކޮށް އެޕްލައިކުރުމުގެ އިންތިޒާމުގެ އިތުރުން އެ ކޯޕަރޭޝަނުގެ ސެންޓަރު ތަކަށް ނުވަތަ ކައުންސިލްތަކަށް ވަޑައިގެން ބައިވެރި ވުމަށް އެޕިލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *