ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ އަހަރީ އާންމު ޖަލްސާ އާއި އަހަރީ ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ތުރުކީވިލާތުގެ އިސްތަންބުލްގައި މިމަހުގެ 21 އިން 23 އަށް ބޭއްވުނު ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އަހަރީ އާންމު ޖަލްސާ އާއި އަހަރީ ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މީނާސް ޝައުގީ އާއި ޓޫރިޒަމް ރިސަރޗް އެންޑް ސްޓެޓިސްޓިކްސްގެ ޑިރެކްޓަރ މަރްޔަމް ޝަރްމީލާއެވެ.

މި ބައްދަލުވުމުގައި ދެމެހެެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތު ދިނުމާއި، ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމުގެ ޑިމާންޑް އިތުރުކުރުމާއި ފަތުރުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނު ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިފަދަ ބައްދަލުވުންތަކުގައި ދިވެހި ވަފުދު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ކަމެއް ކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިފަދަ ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމް ދާއިރާގެ މާހިރުން ވަނީ ބައިވެރިވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *