ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ދަ ގާނަޑަންގެ ނަމުގައި އަޅަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމަން ދިން މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނިމިފައި ނުވާތީ، ފްލެޓް އެޅުމަށް ދޫކޮށްފައިވާ ބިން އަތުލަން އެޗްޑީސީން ނިންމި ނިންމުން ބާތިލް ކޮށްދޭން ޖާހުގެ ފަރާތުން ސިވިލް ކޯޓުގައި އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޖާހު އިންވެސްޓްމަންޓުން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށެވެ. ޖާހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޗްޑީސީން ބިމާ ހަވާލުވާން ތައްޔާރުވެފައި ވަނިކޮށް، އޭގެ ދެ ދުވަސް ކުރިންނެވެ.
ޖާހުގެ ފަރާތުން ވަނީ އެޗްޑީސީން އެއްބަސްވުން ބާތިލް ކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ފުލެޓް އަޅަން ދޫކޮށްފައިވާ ބިން އަތުލުން ހުއްޓުވައިދިމުނަށް އަމުރަކަށްވެސް އެދިފައި ވެއެވެ. އަމުރާ ގުޅިގެން ސިވިލް ކޯޓުން ކަނޑައެޅީ އެ އަމުރު ނެރޭނެ ތަނެއް ނެތްކަމަށާއި ޖާހުގެ ފަރާތުން ހޯދަން އެދިފައިވާ އަމުރަކީ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށާއި، އަދި އެއީ އިންސާފު ގާއިމްކުރަން ކޮންމެހެން ނެރެން ޖެހޭ ބާވަތުގެ އަމުރެއް ނޫން ކަމަށެވެ.
2017 ވަނަ އަހަރުން ފެށިގެން ޖާހް އިން ދަ ގާޑަން ގެ ނަމުގައި ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދިނުމަށްފަހު އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.


2 Responses
ޢަތުލާ ޢެޗު.ޑީ.ސީ
ކީއްވެތަ ކޭޕާރކްށް ގޮތެއް ނެހެދެނީ؟ އެއީ މާވަރުގަދަ ބައެއްތަ؟ ގިނައިން ދީފަ އޮރީ ކަމަށްވާނީ!