މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، އާރުޑީސީ އާއި އެސްޑީއެފްސީގެ މަޤާމުތަކުން ވަކިކޮށްފި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަންގެ މަޤާމުންނާއި އެކުންފުނީގެ ބޯޑުގެ މެމްބަރުކަމުންނާއި، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެމްބަރުކަމުން، މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އެއްޔެ ވަކިކޮށްފައިވާ ކަމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ބުނެފި އެވެ.

އެ ބޯޑުން މިއަދު އެކްސް ގައި ވަކިވަކިން ކޮށްފައިވާ 2 ޕޯސްޓްގައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަންގެ މަޤާމުންނާއި އެކުންފުނީގެ ބޯޑުގެ މެމްބަރުކަމުން، މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަނީ ވަކިކޮށްފައިވާ ކަމަށާއި އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެމްބަރުކަމުން، މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަނީ ވަކިކޮށްފައި ވާކަމަށެވެ.

އޭނާ ވަކިކުރި ވަކި ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *